ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޟްޙާ ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އަރުވަނީ

hawaa
STO_Ads
TTH_Ads
Advertisement

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:45އާއި 22:15އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއަހަރުގެ އަޟްޙާ ޢިދު މާލެ އާއި އަތޮޅުތެރޭގައި ވަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފައެވެ. މާލޭގައި ވަނީ ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ޢާއިލި ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މާލޭ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކު ސަރަހައްދުގައި ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވާފައެވެ. އެގޮތުން އެމްއެންޑީއެފް އަދި ފުލުހުންގެ ސްޓޯލްތަކުގައި އެކި ކުޅިވަރުތައް، ޢިދު ދުވަހާއި ޢީދާއި ގުޅިގެން ބަންދުވި 3 ދުވަހު ހަވީރުވަނީ ކުރިއަށް ގެންގޮސްފައެވެ.

HajjCop_ads
MMA_Ads
Advertisement

މީގެއިތުރުން ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި އަދި ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައިވެސް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއެކު ހަވީރެއް ކުރިއަށްގެންގޮސްފައެވެ. ހިޔާ ސަރަޙައްދުގައި އެމްއެންޑީއެފް އަދި ވެމްކޯއިން ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. ސެންޓްރަލް ޕާކުގައިވެސް އެމްއެންޑީއެފް، ޕޮލިސް، ޕީއެސްއެމް، އެޗްޑީސީ، ސްޓެލްކޯ، ވެމްކޯ، އެމްޕީއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީންވަނީ ކުޅިވަރުތަކާއެކު އިންތިޒާމުކޮށްފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެލޭޝިއާގައި ދިވެހިން އަޟްޙާ އީދު ފާހަގަކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޟްޙާ ޢީދު ފާހަގަކޮށްފި

eid

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދިޔަ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުޙީބެއް

Adhurey

ގއ. ވިލިނގިލީގައި އިމާމުވެ ޢީދު ނަމާދު ކުރައްވައި، މަޖިލީހުގެ ރައީސް ޢީދު ހަރަކާތްތައް ފައްޓަވައިދެއްވައިފި