ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިމިދިޔަ ހަފްތާގައި ސްކޭމްކޮށްގެން ހަލައްކައެއްހާ ރުފިޔާ ފޭރިގަނެފި

scam alert
TTH_Ads
Maldivian_Ads
STO_Ads
Advertisement

ނިމިދިޔަ ހަފްތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގެ ޝިކާރައަށްވި އެކި މީހުންގެ އަތުން ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މޭ މަހުގެ 17 އިން ފެށިގެން 23 ގެ ނިޔަލަށް ސްކޭމްގެ ޖުމްލަ 29 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 598,467.44 ރުފިޔާ ގެއްލިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން ކުރި ހަލުވި މަސައްކަތުން މީގެ ތެރެއިން 255,710.99 ރުފިޔާ އަނބުރާ ހޯދިފައިވާކަން އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރެއެވެ.

HajjCop_ads
Advertisement

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި ސްކޭމްތަކެވެ. މި ބާވަތުގެ 15 މައްސަލައެއް ހުށަހެޅިފައިވާއިރު، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވިޔަފާރީގެ މަޢުލޫމާތާއި ވިއްކާ މުދާ ދިމާވޭތޯ ބެލުމަށާއި، ފިހާރަ ނުވަތަ ގުދަން ހުރިތަން ޔަޤީންކުރުމަށްފަހު “ކޭޝް އޮން ޑެލިވަަރީ” (ސީއޯޑީ) ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ޑޮލަރު މާރުކުރުމުގެ މައްސަލަތަކުގައި ހަ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ޑޮލަރު ގަންނައިރު ލައިސަންސް އޮތް ތަނެއްތޯ ބެލުމުގެ އިތުރުން، ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މުއާމަލާތް ކުރާއިރު އެއީ ސައްޙަ ނަންބަރެއްތޯ ގުޅައިގެން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. އަދި އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދުމުގެ ދެ މައްސަލައެއްވެސް މިދިޔަ ހަފްތާގައި ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން، އެކި ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކާ “އޯޓީޕީ” ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ތަކުރާރުކޮށް ހަނދާންކޮށްދެއެވެ. ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެއީ ކާކުކަން ޔަޤީންކުރުމަކީ މިފަދަ ލަނޑުތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލެއްކަމަށް އެ ސެންޓަރުން މަޢުލޫމާތުދެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

scam alert

ފާއިތުވި ހަފުތާގައި ސްކޭމްތަކުގައި ބައި މިލިޔަނެއްހާ ރުފިޔާ އޮޅުވައިލައިގެން ފޭރިގެންފައިވޭ!

police

ޖޫން މަހު މަކަރާއި ހީލަތުން ނުވަ ލައްކަ ރުފިޔާ ފޭރިގަތް

Police vcle

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

scam alert

ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް