ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

1.5 ކިލޯގެ ޑްރަގް އެތެރެކުރި ރޫނާ އާއި އަލްޔާގެ ބަންދު އިތުރުކޮށްފި

STO_Ads
TTH_Ads
Advertisement

ރާއްޖެއަށް 1.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައެއްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ އާމިނަތު ރޫނާ އާއި އެމައްސަލައިގައި ހައްޔަރުކުރި އަލްޔާ ޝަރްސާ ނަސީރުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނާއި ހުޅުމާލެއިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ކ. ތުލުސްދޫ، އާބިޖިލީހިޔާ، އާމިނަތު ރޫނާ (29އ) އާއި ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) ގެ ބަންދަށް ކޯޓުން މި ފަހަރު ވަނީ 30 ދުވަސް އިތުރުކޮށްފައެވެ.

ރޫނާ ހައްޔަރުކޮށް ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެންމެ ފުރަތަމަ 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރިއެވެ. އެފަހުން މިމަހު 3 ވަނަ ދުވަހު އިތުރު 25 ދުވަސް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން މިއީ ރޫނާއަށް މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

MMA_Ads
HajjCop_ads
Advertisement

ފުލުހުންގެ ތަހުގީގާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރޫނާއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މީގެ އިތުރުން، ރޫނާގެ ގެއިން ފެނުނު ލަގެޖުގައި ހުރި ތަކެއްޗާއި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ބޭނުންކުރި ފޮށީގައި ހުރި ތަކެތި އެއްގޮތްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި އަލްޔާ ޝަރްސާ ނަސީރުގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު، އޭނާއަކީ ކައިރިކައިރީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަން އެނގެން އޮތް ކަމަށް ކޯޓުން ބުނެއެވެ. އަދި އޭނާގެ ފޯނުންވެސް މި މައްސަލައާ ގުޅުންހުރި ހެކި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އަލްޔާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ، އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

މި ދެ މީހުންގެ މައްޗަށްވެސް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކޮށް ޓްރެފިކް ކުރިކަމުގެ ތުހުމަތެވެ. ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯގްރާމް ހުއްޓެވެ. ނަމަވެސް، ފަހުން ވަނީ 1.5 ކިލޯ ކަމަށް ކަށަވަރުކޮށްފައެވެ.

ކޯޓުގައި ރޫނާގެ ފަރާތުން ދިފާއުގައި އެދިފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރި ވަގުތުގެ ބޮޑީ ކެމް ރެކޯޑިންތައް ހޯދުމަށެވެ.

ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެތި އެތެރެކުރުމަކީ ބޮޑު ކުށެކެވެ. މި ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގު ފިހާރައަށް ބޮމުގެ އިންޒާރު ދިން ނަދީފު ޖަލަށް

high court

ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ފިޔާޒާއި ހަސަނުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި

އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކަށް ތިން އަހަރުގެ ޖަލު ހުކުމެ