ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީކަންކަން ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

STO_Ads
TTH_Ads
Advertisement

ޢީދު ޗުއްޓީއާއި ދިމާކޮށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ޢީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އަންނަނީ އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރަމުންނެވެ.

ޢީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރަމުންދާއިރު މިދުވަސްވަރަކީ މުޅިރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން މިދުވަސްވަރު ޢީދު ފާހަގަކުރުމަށް އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އިލްތިމާސްކުރައްވަމުންނެވެ.

ޓީވީއެމްގެ ހެނދުނުހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޯސްޓްގާޑުގެ ސްކޮޑްރަން ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފައިޒާން ވިދާޅުވީ، މިދުވަސްވަރު ގިނަ ބަޔަކު ދަތުރުކުރަމުންދާތީ ކަނޑު އުޅަނދުތަކުގައި ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށް އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. އެގޮތުން ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވީހާވެސް ގިނަ އުޅަނދުތަކެއް ޗެކްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

“އަޅުގަނޑުމެންގެ އޮޕަރޭޝަންގައި ބަލަނީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ވަޞީލަތްތައް ހުރީ އެކްސްޕަޔަރވެފައިތޯ ބެލުމާއި، އެހުރިނެތްގޮތް ބެލުން. އެމްއެންޑީއެފްގެ ވަރަށް ގިނަ އުޅަނދުތައް ޑިޕްލޮއިކޮށްފައިވާނެ މިހާރު އެކި ސަރަޙައްދުތަކަށް.” ފައިޒާން ވިދާޅުވިއެވެ.

ޢިދު ޗުއްޓީއާއި ދިމާކޮށް އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މޫދު ކުޅިވަރުތަކުގައިވެސް ކަނޑުމައްޗަށް އަރާއިރު ސަލާމަތީ ކަންކަމަށް ބަލަންޖެހޭކަމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައެވެ. އަދި އާއިލާއާއެކު މޫދަށް ދާއިރުވެސް ކުޑަކުދިން ތިބޭނަމަ، ގޮނޑުދޮށުގައިވެސް ކުދިންގެ ސަލާމަތަށް ވިސްނުމަށާއި، ކަނޑުދަތުރުކުރާއިރުވެސް ލައިފްޖެކެޓު ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްއެންޑީއެފްއިންވަނީ މުދާ އުފުލާ އުޅަނދުތަކުންވެސް މިދުވަސްވަރު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ގިނަ އުޅަނދުތަކުގައި ކެޕްޓެންގެ އިތުރުން ބިދޭސީން ތިބޭއިރު، ރޭގަނޑު ދޯނީގެ ހުންގާނު އެމީހުންނަށް ދޫކޮށްލެވޭ ފަހަރުތަކުގައި ފަރަށް އެރުމުގެ ޙާދިސާތައް ހިނގާކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. އެހެންކަމުން މޫސުން ގޯސްކޮށް އޮންނަ ދުވަސްވަރުތަކުގައި ރޭގަނޑު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ދަތުރުކުރާއިރު ޚާއްސަ ސަމާލުކަމެއް ރައްކާތެރިކަމެއް ދިނުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ދިފާޢީ ވަޒީރު އެމްއެންޑީއެފް ސަދަން އޭރިއާގެ ގަން އެއާ ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވައިފި

Sstv FORM FOR EC

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް 137 ދަރިވަރުން ފުރިހަމަކޮށްފި

72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

އިންޑިއާގައި ކުރިއަށްދާ “އެކްސަސައިޒް ޕްރަގާޓީ 2026” ގައި ދިވެހި ސިފައިން ބައިވެރިވެއްޖެ