ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ މީދޫއިން ދެމީހުން ހައްޔަރުކޮށްފި

STO_Ads
TTH_Ads
Advertisement

މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް މަސްތުވާތަކެތި ހިފައިގެން ދާކަމުގެ މައުލޫމާތު ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މިރާޒް / ސ. މީދޫ، އީޖާޒް ނަޢީމް (43އ) އާއި ގުޑްލަކް / ސ. ހިތަދޫ، ޢަބްދުﷲ ޢަމީލު (41އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 209 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.16 ގުރާމެވެ.

HajjCop_ads
MMA_Ads
Advertisement

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ އަތުން ފޭރުނު ތިން ޒުވާނަކު ހައްޔަރުކޮށްފި

ދެ ކޭސް ބަނގުރާއާއެކު ދެމީހުން ހައްޔަރުކޮށްފި

Io

ހުޅުމާލެ ހޮސްޕިޓަލުން ފިލި ގައިދީ އަލުން ހައްޔަރުކޮށްފި

ގުދަނެއްގައި ރޯކޮށްލި މައްސަލައިގައި ބަންދުގައި ހުރި މީހާ ފިލައިފި