ރަހުމަތްތެރިކަމުގެ މެޗެއްގައި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ ޒުވާންޓީމް ބައްދަލުކުރިމެޗް ފަލަސްތީނުން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗް ފަލަސްތީނުގެ ޓީމުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ފަލަސްތީނުން ޖެހި ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. މެޗްގައި ފަލަސްތީނަށް ގޯލް ހުޅުވާލަދިނީ 19 ވަނަ މިނެޓްގެ ތެރޭގައި ޒެއިން މުހައްމަދެވެ. ފަލަސްތީނުގެ ދެވަނަ ލަނޑު އޭގެ 9 މިނެޓްފަހުން ތޯހާ ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ ޔަޒާން އެވެ. އެޓީމްގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ޒެއިން އެވެ.

ފަލަސްތީނުން ރާއްޖެއަށް މި ކުރި ދަތުރަކީ ކުރިއަށްއޮތް އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެކެވެ. އެޓީމް ކޭމްޕުކުރަނީ ކ.ގުރައިދޫގައެވެ. މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު އިޝްތިހާރު