ދިވެހިރާއްޖޭގައި އެހެންދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ޖަމްޢިއްޔަތުއް ސަލަފުން ތާއީދު ކުރާކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރާ ޕްރޮޕެގެންޑާ އަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ސަލަފާއި ގުޅޭގޮތުން ނޫހަކުން ވަނީ ރާއްޖޭގައި އެހެންދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ޖަމްޢިއްޔަތުއް ސަލަފުން ތާއީދު ކުރާކަމަށް ބުނެ ހަބަރެއް ފަތުރާފަ އެވެ. އެ ޚަބަރު ދޮގުކޮށް ސަލަފުގެ ރައީސް އައްޝައިހް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ޖަމިއްޔަތުއްސަލަފުން އިލްތިމާސްކުރީ ތަރައްޤީގެ ކޮންމެ މަޝްރޫއެއްގައި ވެސް ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމީވަންތަކަން ކަށަވަރު ވާންޖެހޭނެ ކަމަށެވެ.
އަދި ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައް އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ކަމުގައި ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއު މައްސަލާގައި ސަލަފުން ވަނީ ރަސްމާލެ މަޝްރޫއު ފަދަ ބޭރުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއާ ގުޅޭ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި މައިގަނޑު 8 ކަމަކަށް ރިއާޔަތްކޮށް، އެކަންކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.