ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ދިން މުހުލަތު ހަމަވަނީ، އަދިވެސް އެއްބަސްވުމަކަށް ދިއުމުގެ ކޮޅުމައްޗެއް ނުފެނޭ

އީރާން-އެމެރިކާ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާ ޕާކިސްތާނު އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޖެނެރަލް ސައިދު އާސިމް މުނީރު (ވ) ތެހެރާނުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ބައްދަލުކުރައްވަނީ:
TTH_Ads
STO_Ads
Advertisement

އެއްބަސްވުމެއް ހެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދީފައިވާ މުހުލަތު ހަމަވާން ގާތްވަމުންދާއިރު، ދެ ފަރާތުގެ ދެމެދުގައި އަދިވެސް އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް ނާދެވެއެވެ.

ޕާކިސްތާނު މެދުވެރިގެން އީރާނާއި އެމެރިކާއިން އަދިވެސް ވާހަކަ ދައްކަމުން ގެންދާއިރު، ޚިޔާލު ތަފާތުވުންތަކުގެ ދުރުމިނާއި ފުންމިން ވަރަށް ބޮޑު ކަމަށް އީރާނުގެ އޮފިޝަލުންވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޖެނެރަލް ސައިދު އާސިމް މުނީރު ރޭގައިވަނީ ތެހެރާނަށް ވަޑައިގެންފައެވެ. އަދި އެއްބަސްވުމެއް ހެދުމުގެ މުހިންމު ކަމާއި، ކުރިމަތިލުމަކަށް ނުގޮސް މައްސަލަ ހައްލު ކުރެވޭނެ ގޮތަކާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާ މަޝްވަރާ ކުރައްވާފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޓްރަމްޕް ކުރިން ބުނެފައިވަނީ، އެއްބަސްވުމެއް ހެދުމަށް އީރާނަށް އޮތީ ހުކުރު، ހޮނިހިރު ނުވަތަ އާދީއްތަ ދުވަސް ކަމަށެވެ. އެހާތަނަށް އެމެރިކާ ރުހޭފަދަ އެއްބަސްވުމަކަށް ނުދެވިއްޖެނަމަ ހަމަލާދޭން ފަށާނޭ ކަމަށެވެ.

އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށް ދާއިރު، މިކަމުގައި ގަތަރު، މިސްރު، ސައުދީ އަރަބިއްޔާ، ތުރުކީންވެސް މުހިންމު ރޯލެއް އަދާކުރަމުން އެބަ ގެންދެއެވެ. ކުރިއަށްއޮތީ ދެގޮތެވެ. އެއްގޮތަކީ މަޝްވަރާއަށް އިތުރު ވަގުތު ދިނުމުގެގޮތުން ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތު އިތުރު ކުރުމެވެ. ދެވަނަގޮތަކީ އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމެވެ.

އީރާނު ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ރިޟާ ތަލާއީ-ނިކް  މިއަދު ވިދާޅުވީ، ގައުމެއްގެ ގޮތުގައި އީރާނަށް ހައްގުތަކެއް ލިބިގެންވާ ކަމަށް އެމެރިކާއިން ގަބޫލު ނުކުރުމަކީ، އެމެރިކާގެ ރައީސް އިތުރަށް ނާކާމިޔާބުވެ ބަލިވެގެންދާނޭ ކަމެއް ކަމަށެވެ.

ހަނގުރާމައިގެ މައިދާނުގައާއި، އަދި ޑިޕްލޮމެސީގައި އެމެރިކާއާއި ޒަޔަނިސްޓުންނަށް ހަނގުރާމައަކަށް ނުގޮސް ސަލާމަތްވެގެން އޮތް ހަމައެކަނި ގޮތަކީ އީރާނު ރައްޔިތުންގެ ޑިމާންޑްތަކަށް އެއްބަސްވުން ކަމަށް ރިޟާ ތަލާއީ-ނިކް ވިދާޅުވިއެވެ.

ޓްރަމްޕަށް އެންމެ ބުއްދިވެރިގޮތަކީ، ހަނގުރާމަކޮށްގެން އެމެރިކާގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައަށް އިތުރަށް ގެއްލުންވެ އަދި ހަރަދުތައް ހުއްޓުވަން އީރާނުގެ ހުށަހެޅުންތައް ގަބޫލުކުރުން ކަމަށްވެސް، އީރާނު ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ރޭގައިވަނީ އޭނާގެ ސެކިއުރިޓީ ޓީމާ ބައްދަލުކޮށް، އީރާނަށް ހަމަލާ ދިނުމަށް ގޮތެއް ނިންމަން މަޝްވަރާކޮށްފައެވެ. ނަމަވެސް، ހަމަލާ ދިނުމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް