ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ

Eid
STO_Ads
TTH_Ads
Maldivian_Ads
Advertisement

“ޢީދު ހަވީރު 1447” ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން (އެމްއެންޑީއެފް) ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ޢީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމީ މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

HajjCop_ads
Advertisement

މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މޭ 27 އިން 29 އަށް، ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މި ސަރަހައްދުތަކުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، އަދި ރެޕަލިންގ ކުރުން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ހުޅުމާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. ސެންޓްރަލް ޕާކުގައި ވޯޓަރ ސްލައިޑިންގ އާއި ރެޕަލިންގ ހިމެނޭއިރު، ހިޔާ ޕާކުގައި ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި ޓޭބަލް ލެޑަރއަށް އެރުން ފަދަ ކަންކަން އޮންނާނެއެވެ. ވިލިމާލޭގައި މޭ 27 އިން 30 އަށް ފުޓްބޯޅަ ދަނޑުގައި އޮބްސްޓިކަލް ކޯސްތަކާއި ކުޑަކުދިންގެ ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފްގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ޚާއްޞަ ހުށަހެޅުންތަކެއް ވެސް މާލެ އާއި ހުޅުމާލޭގައި އޮންނާނެއެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ މޭ 27 އިން 29 އަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ލ. މާމެންދޫ ކަނބަލުންނަށް ސިފައިން ކުރިއަށްގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި