ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭނުންކުރެވޭ ރިޒާވް 244 މިލިޔަން ޑޮލަރަށް

MMA
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތަކެއް ދެއްކުމަށްފަހު، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވުގައި މިހާރު ހުރީ 244 މިލިޔަން ޑޮލަރުކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ 717.9 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ މާރިޗު މަހު ރިޒާވްގައި ހުރި 1.33 ބިލިޔަން ޑޮލަރާ އަޅާބަލާއިރު 46 އިންސައްތައިގެ ދަށްވުމެކެވެ. ރިޒާވް މިހާ ބޮޑަށް ދަށްވެފައިވަނީ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުން 924 މިލިޔަން ޑޮލަރުގެ ދަރަނި އަދާކުރުމާ ގުޅިގެންނެވެ.

މިގޮތުން ދެއްކި ދަރަނީގެ ތެރޭގައި، 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކާއި، މިއަހަރު އިންޑިއާއާއެކު ހަދާފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މާރިޗު މަހު 409 މިލިޔަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް ވަނީ 40 އިންސައްތަ ދަށްވެ، 244.2 މިލިޔަން ޑޮލަރަށް ވެއްޓިފައެވެ.

HajjCop_ads
Advertisement

ބޮޑެތި ދަރަނިތަކެއް ދައްކައި ރިޒާވް ދަށްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިކަން ކޮށްފައިވަނީ އާންމު ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި އައު ދަރަންޏެއް ނުނަގައި، ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބޭރު ގައުމުތަކާއެކު އޮންނަ ގުޅުމުގެ ތެރެއިން ދަރަނި ދެއްކުމުގައި ލުއިގޮތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 497 މިލިޔަން ރުފިޔާ ހޯދައިފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 6.2 އިންސައްތަ އިތުރުވެއްޖެ

MMA

ބޭރު ފައިސާއިން ލިބޭ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު ހިއްސާކުރުން ލާޒިމުކޮށް ގަވާއިދު ބަދަލުކޮށްފި

mma

ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުން އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ