ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރާކަށް ނުޖެހޭ: ސޯލިހު

H6txovzbmjojwefnjhdb
TTH_Ads
STO_Ads
Advertisement

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަންވީ އިންތިޚާބެއް ނޫން ކަމަށާއި، އެމަނިކުފާނު މިވަގުތު ހުންނަވަންވީ ގައުމީ އިސްލާހީ މަސައްކަތްތަކުގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ދެކުނު ގަލޮޅު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމަށް ތާއީދު ހޯއްދެވުމަށް ބުދަ ދުވަހުގެ ރޭ ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކަންކަން ކުރެވޭނީ ހަމައެކަނި އެއް ބަޔަކަށް ކަމަށް ދެކި، ތަޖުރިބާ މަދުވުމުގެ ނަމުގައި އެހެން ފަރާތްތައް އެކަހެރިކުރުމަކީ ސިޔާސީ ލީޑަރުން ހެދޭ ގޯހެއް ކަމަށެވެ. އެމްޑީޕީއަށް އާ ލީޑަރޝިޕެއް ގެންނަންވީ ވަގުތު ޖެހިއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ރައީސް ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަންކަމާއި، ޕާޓީގެ ރައީސްކަމާއި، އަދި ގައުމުގެ ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއްކަން ފާހަގަކުރައްވައި، ރައީސް ޞާލިޙް ވިދާޅުވީ، އެފަދަ ބޭފުޅަކާ ވާދަކުރެވޭ ފެންވަރުގެ ޒުވާން ސިޔާސީ ބޭފުޅުން ޕާޓީން އުފެދެމުން އަންނާތީ ފަޚުރުވެރިވާ ކަމަށެވެ.

“ރައީސް ނަޝީދު މި އިންތިޚާބުގައި ވާދަކުރައްވަން ޖެހޭ ކަމަކަށް އަޅުގަނޑު ނުދެކެން. މިވަގުތަކީ އެމަނިކުފާނު އަޅުގަނޑުމެންނާއެކު ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓްގައި ހުންނަވައި، ގައުމު އިސްލާހު ކުރުމަށް އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތްތައް ކުރިއަށް ގެންދަންވީ ވަގުތު،” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ޕާޓީގެ ކުރީގެ އިސް ބޭފުޅުން މަގާމުތަކުން ދުރަށް ޖެހިވަޑައިގެން، އާ ލީޑަރުންނާ ޒިންމާތައް ހަވާލުކުރައްވާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. އާ ޖީލެއްގެ ލީޑަރުން އުފެއްދުމަށް ނުކުޅެދިއްޖެނަމަ، ޕާޓީގެ މަގުބޫލުކަން ގެއްލިދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވިއެވެ.

ގައުމުގެ ވޯޓުލާ އާބާދީގެ 40 އިންސައްތައަކީ ޒުވާނުން ކަމުގައިވީ ނަމަވެސް، ޕާޓީގެ ތެރޭގައި ޒުވާނުންގެ ނިސްބަތް 17 އިންސައްތައަށް ދަށްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުގެ ޚިދުމަތްތަކަށް އިހުތިރާމު ކުރައްވާ ކަމަށާއި، ނަމަވެސް މީކާއީލަށް ތާއީދު ކުރެއްވީ ޕާޓީގެ ކުރިމަގަށް އޮތް ވިސްނުމެއްގެ މައްޗަށް ބިނާކޮށް ކަމަށް ޞާލިޙް ވިދާޅުވިއެވެ.

މީކާއީލަކީ ޕާޓީ ތަރައްގީ ކުރާނެ ގޮތުގެ ސާފު މެނިފެސްޓޯއަކާއެކު އިންތިޚާބަށް ނުކުމެވަޑައިގެންނެވި ބޭފުޅެއް ކަމަށާއި، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވަކި ފަރާތަކަށް ނުޖެހޭ ރެފްރީއެއްގެ ގޮތުގައި މީކާއީލް ދެމިހުންނަވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަމުގެ ސަބަބުން ދެ ޖީލެއްގެ ލީޑަރުންނަށް ފުރުސަތުތައް ގެއްލިގެން ދިޔަ ކަމަށާއި، އެފަދަ ކަމެއް އެމްޑީޕީގެ ތެރޭގައި ތަކުރާރުވާން އެމަނިކުފާނު ނޭދޭ ކަމަށް ވިދާޅުވިއެވެ. އެންމެ މުހިންމު މަސައްކަތަކީ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓްގެ ތެރެއިން ސަރުކާރު ބަދަލުކޮށް، ގައުމު އިސްލާހު ކުރުން ކަމަށް ރައީސް ޞާލިޙް ތަކުރާރުކުރެއްވިއެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ވ ވީހޭޓްޔޫ
އަހަރުމެންނަށް އޭނަ ހެދިގޮތް ހަދާފައި ދައްކާލެވޭނީ ވާދަކުރީމައެވެ. އެއްއިރެއްގައި އޭނަ ފަހަތުގައި ތިބި މީހުން މިހާރު ތިބިގޮތް ދައްކާލަން އެބަޖެހެއެވެ. ރޫޅާލާނަމޭ ގޮވާ ހަޅޭއްލަވާ ޕާރޓީ އަށް ލަނޑު ދީ އެތަށް ބަޔަކު ގޮވައިގެން ނައްޓާލީމާ ވާނެގޮތް މިއަދު ދައްކާލާނަމެވެ. މިއީ އެންމެ މީހަކު ކުޅެން އޮތް ޕާރޓީއެއް ނޫނެވެ. ސީޔޫ ސޫން!
މ މޫސާ ރަޝީދު
Hoa Hoa!

ގުޅުންހުރި

Igmh

ކުރީގެ ތިން ރައީސުން ގުޅިގެން އުފެއްދި ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފި

Igmh

އަދީބު މިނިވަންކުރުން ސޯލިހު ދިފާއު ކުރައްވައިފި، ވިދާޅުވީ މައާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށް

Igmh

ޗެއާޕާސަން ކަމަށް މީކާއީލް ގެންނަން ތާއީދު ކުރައްވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

43

ކުރީގެ ތިން ރައީސުން އެއްބަސްވުމެއްގައި ސޮއިކޮށްފި