ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗެއާޕާސަން ކަމަށް މީކާއީލް ގެންނަން ތާއީދު ކުރައްވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

Igmh
STO_Ads
TTH_Ads
Advertisement

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ތާއިދު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށް ކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު އެކަން ހާމަކުރެއްވީ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

ސޯލިހު ވިދާޅުވީ މީކާއީލް ވަނީ މީގެ ތިން މަސް ކުރިން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ކަމަށެވެ. އެ ދުވަހުން ފެށިގެން އޭނާއަށް ތާއީދުކުރަން ނިންމެވި ކަމަށް ވިދާޅުވި އެވެ.

HajjCop_ads
Advertisement

ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނަޝީދު ނިންމެވީ މާ ފަހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

“ނުކުތް ތަނުން އަޅުގަނޑު މީކާއީލަށް ތާއީދު ކުރާ ވާހަކަ އޮންނާނީ ބުނެފައި. އެ ހިސާބުގައި މިކަން މިއޮތީ. ރައީސް ނަޝީދު މިކަމުގައި އެބަ ވާދަކުރައްވާ. ނަމަވެސް ތާއީދު އޭރު އޮތް ގޮތަށް އޮތީ. އެއަކަށް ބަދަލެއް ނާދެ،” ސޯލިހު ވިދާޅުވި އެވެ.

ސޯލިހު އެފަދައިން ވިދާޅުވުމާއެކު ނަޝީދު ވަނީ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލަން މަސައްކަތް ކުރައްވާފައެވެ.

“ހުރިހާ ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ދުރާ ގާތުން މި މަންޒަރުތައް ބައްލަވަމުން، އަޑު އައްސަވަމުން ގެންދެވި ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.” ނަޝީދު އެގޮތަށް ވިދާޅުވެފައި ގޮނޑިން ތެދުވެވަޑައިގަންނަވައެވެ.ނަމަވެސް ނޫސްވެރިން ޝަކުވާ ކުރަން ފެއްޓެވުމުން ޔާމީން ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. އަދި އިތުރު ތިން މީޑިއާއެއްގެ ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ދެއްވިއެވެ. އެއީ އެންމެ އިންސާފުވެރި ގޮތަކަށް ވާނެތޯ ވެސް ޔާމީން އައްސަވައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި