ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަޝީދު މޮޅުވާނެކަން އެނގުމުން ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ސޯލިހު އަންގަވައިފި

43
TTH_Ads
STO_Ads
Advertisement

އަންނަ މަހު 12 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރައްވާނެ ބެލެވުމުން އެ އިންތިޚާބު ފަސްކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ސޯލިހު މި އެންގުން އެންގެވީ އޭނާގެ ވަފާތެރިއެއް ކަމަށްވާ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށެވެ.

ސޯލިހުގެ އެންގުން ތަންފީޒުކުރެއްވުމުގެގޮތުން ޣަފޫރު ވަނީ އެ އިންތިހާބު ފަސްކުރަން ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

HajjCop_ads
Advertisement

އިންތިހާބު ފަސްކުރަން ފުރަތަމަ ހުށަހެޅުއްވި ސަބަބަކީ އިންތިހާބަށް ޚަރަދުކުރާނެ ފައިސާ ނެތުމެވެ. ނަމަވެސް ނަޝީދު މޮޅުވާނެ ކަމަށް ބެލެވުމުން ކުއްލިއަކަށް ޕާޓީގައި ހުރި ފައިސާ ހުސްވީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ދެން ހުށަހެޅުއްވި ސަބަބުގައި ވަނީ މިހާރު ކަނޑައަޅާފައިވާ ތާރީޚްގައި އިންތިޚާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށެވެ.

ޣަފޫރު ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީއަށްފަހު ޗެއާޕާސަންގެ އިންތިޚާބު ބާއްވާގޮތަށް ފާސްކޮށްދިނުމަށެވެ.

މިކަމާ ގުޅިގެން ނަޝީދު ފެކްޝަންގެ މެންބަރުން އަންނަނީ ނުރުހުންފާޅުކުރަމުންނެވެ. ޣަފޫރު ވަގުތުން މަގާމުން ވަކިކުރަން ވެސް އަންނަނީ ގޮވާލަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MDP

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބާއްވަން ގައުމީ މަޖިލީހުން ފާސްކޮށްފި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި