ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ ތިން ރައީސުން ގުޅިގެން އުފެއްދި ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފި

Igmh
STO_Ads
TTH_Ads
Advertisement

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މުޙައްމަދު ނަޝީދުގެ އިތުރުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކުލަވައިލެއްވި ކޮމިޓީއަށް މެންބަރުން އައްޔަންކޮށްފިއެވެ.

މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތަމްސީލުކުރައްވާ ރައީސް ޞާލިޙާއި ރައީސް ނަޝީދު އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ލީޑަރު ރައީސް ޔާމީން ވަނީ އެ ކޮމިޓީއަށް ކޮންމެ ބޭފުޅަކު ދެ މެންބަރުންގެ މަގުން ޖުމްލަ 6 މެންބަރުން އައްޔަންކުރައްވާފައެވެ. ގައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މި ކޮމިޓީ އެކުލަވައިލެއްވި ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް ޞާލިޙުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މި ކޮމިޓީއަށް އައްޔަންކުރައްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސް ޞާލިޙް އައްޔަންކުރެއްވީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަލީމް (ސައްލެ) އާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މިހާރުގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.

ރައީސް ޔާމީން އައްޔަންކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ކުރެއްވި މުޙައްމަދު މަލީޙް ޖަމާލާއި، ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުން މަޝްހޫރުކަން ހޯއްދެވި އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއީލް ޒިޔާންދު އެވެ.

މި ކޮމިޓީން މަސައްކަތްތައް ކުރިއަށް ގެންދާނީ ކުރީގެ ތިން ރައީސުންގެ ސީދާ އިރުޝާދުގެ ދަށުންނެވެ.

ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ ބައްދަލުވުމުގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަންނަ މަހު ހުކުމް ކުރަނީ

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި

WhatsApp Image 2026 06 12 at 17.12.31

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ސޯލިހު ވިދާޅުވެއްޖެ

43

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރައްވާނީ އެމަނިކުފާނުކަން ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ