ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ ދޫކޮށް ދާ މީހަކަށް މުޅި ޕާޓީ ނުގެންދެވޭނެ: ސޯލިހު

343091 3 d0b304fc8f0b18767d3db6b030f3cb1ed9dc01cc large
ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް — ފޮޓޯ: މިހާރު
TTH_Ads
STO_Ads

އެމްޑީޕީ ދޫކޮށް ދާ މީހަކަށް މުޅި ޕާޓީ ނުގެންދެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު އެހެން ވިދާޅުވެފައިވާ އިރު، އެ މަނިކުފާނާ ދެމެދު ޖެހުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު 2023 ވަނަ އަހަރު އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީއެއް އުފެއްދެވީ އޭރު އެމްޑީޕީގައި ތިއްބެވި ބައެއް އިސް ބޭފުޅުންނާއެކުއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް 20 އަހަރުވެގެންދިޔަ އިރު، ޕާޓީގެ އެތެރޭގައި ހުދުމުހުތާރު ވެރިކަމެއް ކުރުމަށް އޮތް ފުރުސަތު ގެއްލުވާލެވިއްޖެ ކަމަށާއި އެންމެން އެއްވެގެން ކުރަންވީ ކަމަކީ އާ ޖީލަށް ޕާޓީގެ ލީޑާޝިޕް ގެންގޮސްދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން ކަމަށެވެ.

Maldivian_Ads

“ވަކި މީހަކަށް، ހަމައެކަނި އަޅުގަނޑުގެ ޕާޓީއެކޭ، ނޫނިއްޔާ އެހެން މީހެއްގެ ޕާޓީއެކޭ ބުނެ، މި ޕާޓީ ހިފަހައްޓައިގެން ނޫޅެވޭނެކަން މިއަދު ހާމަވެއްޖެ. ދެން އޮތީ އަންނަން އޮތް ޖީލުތަކަށް މި ޕާޓީގެ ލީޑާޝިޕް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން. އޭގައި އޮތް ފުރުސަތު އަޅުގަނޑުމެން އެބަ ދޭން ޖެހޭ،” އެ މަނިކުފާނު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ އެމްޑީޕީއަކީ ތިމަންނަގެ ޕާޓީއެއްކަން ކޮންމެ މެންބަރަކު ވެސް ދެކެންޖެހޭ ކަމަށާއި ވަކި މީހަކު ނެތިގެން، އެމްޑީޕީ ނެތިނުދާނެ ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި ފެނިގެންދިޔައީ ޕާޓީގައި ކޮންމެ މީހެއްގެ ވެސް ދައުރު އޮތްކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“ހުރިހާ ބޭފުޅުން ވެސް މަސައްކަތްކުރައްވަންވީ އެބޭފުޅަކަށް ކުރެވެން އޮތް މަސައްކަތެއް. އަމިއްލަގޮތުން މި ޕާޓީ ދެމެހެއްޓުމަށްޓަކައި މިހާތަނަށް ހިފެހެއްޓިފައި ވެސް މިއޮތީ މިހެން. ހަމައެކަނި ވަކި މީހެއްގެ ފަހަތުގައި ނޫޅެ، ތިމާގެ ޕާޓީއެއް ކަމަށް ބަލަންވީ،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ތިމާ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ބަލައިގެން ހިތްވަރާއެކު ނުކުމެ މަސައްކަތްކުރީމަ، ރަނގަޅު ނަތީޖާ ނުކުންނާނެ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އެމްޑީޕީ ދެކެ އަބަދުވެސް ލޯބިވޭ: ނަޝީދު

Igmh

އެމްޑީޕީއާ ދެކޮޅަށް ކުރިން މަސައްކަތްކުރެއްވި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން: ނަޝީދު

0c2c5b6e f003 4fd0 9656 76a7c0bc33dd

ރައީސް ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އުޅުއްވާތީ ފިޔަވަޅު އަޅައިދިނުމަށް މީކާއިލް އެދިވަޑައިގެންފި

43

ނަޝީދަށް އިތުރު ވޯޓު ލިބޭނެ ދޮރުތައް ބަންދުކުރުމަށްފަހު އިންތިޚާބާ ބެހޭ ކޮމިޓީން ފަލާހު ތަނާޒުލްވެއްޖެ