ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިބްރަހީމް މުހައްމަދު ސޯލިހު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މއ. ލާލްޕޫލްގޭގައި ހުންނަ 'ފަންކްޝަން ފައިވް' ގައި ތިން ރައީސުން ބައްދަލުކުރެއްވުމަށްފަހު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

އެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ބުނެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ ބޭފުޅުން ސަރުކާރަށް ޑިމާންޑް ކުރި ކަންތައްތަކުގެ ތެރޭގައި ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމެއްގެ ދަށުން ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަންކުރުން ހިމެނެއެވެ. އެއީ ގާނޫނީ ހަމަތަކުގެ މަތިންކޮށްފައިވާ ކަމެއްކަމަށްވާއިރު، އެކަމުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ތިން ރައީސުން މިރޭ ވިދާޅުވީ އެކުގައި މަސައްކަތް ކުރަން ނިންމެވީ ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރުމަށްފަހު ކަމަށެވެ.

މިއީ ރައީސް ޔާމީން އެމްޑީޕީގެ ދެ ކުރީގެ ރައީސުންނާއެކު ރަސްމީ މަޝްވަރާތަކެއް ކުރެއްވި ފުރަތަމަ ފަހަރެވެ.