ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިކިތަކެއް ހުރި ވޯޓު ކަރުދާސް ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓަށް

supreme-court
ސުޕްރީމް ކޯޓު —
TTH_Ads
STO_Ads
Advertisement

މ. ވޭވަށު ކައުންސިލް އިންތިހާބުގައި ބޭނުންކުރި ބައެއް ވޯޓު ކަރުދާސްތަކުގައި ހުރި ފާހަގަތަކެއްގެ ސަބަބުން، އެ ކަރުދާސްތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ބެލުމަށްފަހު، އެއީ ބާތިލު ވޯޓެއްކަމަށް ހައިކޯޓުން ހުކުމްކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ނަޒީހު، އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މައްސަލަ ހުށަހަޅަން ޖެހުނީ، ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލިއިރު، ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އީސީން ބަލައިގަތުމުންނެވެ.

އެ ނިންމުމުގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓަށް ދެ ވޯޓުގެ ތަފާތުން ކުރި ލިބުނު ނަމަވެސް، ނަޒީހު ވަނީ އެ ކަރުދާސްތަކަކީ ވަކިކޮށް ދެނެގަނެވޭނެ ފަދަ ފާހަގަތަކެއް ހުރި ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.

HajjCop_ads
MMA_Ads
Advertisement

ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، ވޯޓު ކަރުދާހެއްގައި ހުންނަ ފާހަގައަކީ މަތިމަތިން ބަލައިލުމުންވެސް ދެނެގަނެވޭ ފަދަ ފާހަގައެއް ނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތިން ވޯޓަކީ ބާތިލު ވޯޓުތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތުވިއެވެ. އެ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ކަރުދާހުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެއެވެ.

ނަމަވެސް، ކޯޓުގެ އަގުލަބިއްޔަތު ނިންމުމުގައިވާ ގޮތަށް، އެ ތިން ވޯޓު އުނިކުރުމަށްފަހު އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން އީސީއަށް މިހާރު ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް މި މައްސަލަ އެމްޑީޕީން މިހާރު ވަނީ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ

election

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް

މީދޫ ކައުންސިލުގެ އިތުރުބުރަށް، ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި