ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުއަޑީގެ ހޮހޮޅަޔަކަށް ފީނި ޑައިވަރުން މަރުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް އިޓަލީން ފަށައިފި

TTH_Ads
STO_Ads
Advertisement

އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅަޔަކަށް ފީނަނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މައްސަލަ އިޓަލީގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ އެ ދުވަހު ހޯދައި ނަގައިފައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އިޓަލީއަށް ފޮނުވައިފައެވެ.

ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ.

HajjCop_ads
Advertisement

އެގޮތުން އެ ހަތަރު މީހުންގެ ހަށިގަނޑު އޮތްތަން ދެނެގަނެ، އެމީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ނަގައިފައެވެ. އެ ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިންނެވެ. އެ މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ މާލެ ގެނެސްފައެވެ.

ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް މިއަދުގެ ވަގުތެއްގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އިޓަލީގެ އަންސާ ނޫހުން އިއްޔެ ބުނީ އެ ގައުމުގެ ފަސް ޑައިވަރުން މަރުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް، އެ ގައުމުގެ ޕްރޮސިކިއުޓަރުން ފަށާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގު ކުރަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށް ފަހު، އެ މީހުންގެ އޮޓޮޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މީހުން ތިބި ސަފާރީއާ ގުޅޭ ތަހުގީގެއް ހިންގައި އެ ސަފާރީގައި ތިބި މީހުންނާ ވެސް ސުވާލު ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުން:

  • މޮނިކާ މޮންޓެފަލްކޯން، 51
  • ޖޯޖިއާ ސޮމާކަލް، 20
  • ގިއަންލޫކާ ބެނެޑެޓީ، 41
  • ފެޑެރިކޯ ގުއަލްޓިއޭރީ، 31
  • މިއުރިއަލް އޮޑެނީނޯ، 31

ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ވެސް ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން މަރުވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

ރާޅާ އަޅަން މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ޑައިވަރުން ގެއްލުން: އުޅަނދުގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށް

އެކްސިޑެންޓުގައި ނިޔާވީ 50 އަހަރުގެ އިންޑިއާ ރައްޔިތެއް

ކުރީގެ މެންބަރު މުޙައްމަދު ރާމީޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ