ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރުން ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ރިޕޯޓް ލިބިފައިވަނީ މިއަދު 14:26 އެހާކަންހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެމީހާ ވެއްޓިފައިވަނީ އަމާން އުދަރެސް 8 ވަނަ ޓަވަރުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިނެއް ކަމަށާއި އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާ ވެއްޓުނު ގޮތަށް ވަނީ ނިޔާވެފައެވެ.
ފުލުހުން ވިދާޅުވީ، ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު