ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގެ ވޯޓާވިލާއަކުން މޫދަށް ފައިބައިގެން އުޅެނިކޮށް ގެނބިގެން މަރުވީ ޗައިނާގެ ދެމަފިރިން ކަން “މުޅިރާއްޖެ” އަށް އެނގިއްޖެއެވެ.
“މުޅިރާއްޖެ” އަށް އެނގިފައިވާ ގޮތުގައި އެ ރިސޯޓުގެ ވޯޓާވިލާއަކުން މޫދަށް ފޭބި ދެ ފަތުރުވެރިން ގެނބިގެން ހަބަރު ހުސްވެފައި އޮއްވައި ފެނުނީ އިއްޔެ ހަވީރެވެ. އަދި އެ ދެމަފިރިން ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަން އެނގިފައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ރިސޯޓެއްގައި މޫދަށް ފޭބި ދެ މީހަކު މަރުވިއިރު، ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި މިއަދު ވަނީ ހިތާމަވެރި ހާދިސާތަކެއް ހިނގައިފައެވެ.
ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ދިވެއްސަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. ނިޔާވެފައި ވަނީ ކޮލަމާފުށީ، އުދަރެސް، އަހުމަދު މިސްހާގު 45، އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރުން ވެއްޓުނު މީހާ ވެސް ވަނީ ނިޔާވެފައެވެ.
މިހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ 15 ވަނަ ފަންގިފިލާއިންނެވެ.










ކިޔުންތެރިންގެ ހިޔާލު