ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Io
STO_Ads
TTH_Ads
Advertisement

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ، އަލަމާގެ، އަޙްމަދު ޢަބްދުލްހާދީ (43އ) 25 އަހަރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

2026 މޭ 18 ވަނަ ދުވަހު ކޯޓުން އިއްވި މި ހުކުމުގައިވާ ގޮތުން، އަޙްމަދު ޢަބްދުލްހާދީގެ މައްޗަށް މި ކުށް ސާބިތުވެފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި ހުކުމާއެކު އޭނާ 100,000 ދިވެހި ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މިއީ 2022 މާރިޗު 4 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، އަޙްމަދު ޢަބްދުލްހާދީގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން ލިބުނު ކާމިޔާބީއެކެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށާއި، މިފަދަ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

3.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކުރިން ހައްޔަރުކުރި މީހަކު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް

988

އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

police

ޑްރަގް ހުރި ސައިކަލުތަކުގެ ތަޅުދަނޑި ފެނުނީ ތުހުމަތުވާ މީހާގެ ފުރަގަސްފަރާތުން: ފުލުހުން

Sstv FORM FOR EC

36 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި