ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުގެ ގޮތުގައި އިންނަވާ ޔަޒްމީދު މުހައްމަދު އެ ކޮމިޝަނުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ޔަޒްމީދު ކުއްލިގޮތަކަށް އިސްތިއުފާދެއްވި ސަބަބެއް އަދި ނޭނގެ އެވެ.

ރައީސްގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީގައި ކުރިން އިންނެވީ ގާނޫނީ ވަކީލު މުހައްމަދު ސަމީރެވެ. ސަމީރު ވަކިކުރައްވައި، ޔަޒްމީދު އެ ކޮމިޝަނަށް ރައީސް މުއިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އިޝްތިހާރު އިޝްތިހާރު

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޔަޒްމީދު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި ހައިކޯޓުގެ އޭރުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާދެއްވުމުންނެވެ.

ޔަޒްމީދު ވަނީ މީގެކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.