ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ ތިން ރައީސުން ގުޅުނީ ވެރިކަން ހޯދަން: މަމްދޫހު

Igmh
TTH_Ads
STO_Ads
Advertisement

ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމެވި ނިންމެވުމަކީ ޤައުމީ މަސްލަހަތަށްވުރެ ބޮޑަށް ވެރިކަން ހޯދުމުގެ ބޭނުމުގައި ކުރައްވާ ކަމެއް ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ސޮއިކުރެއްވި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. މެންބަރުގެ ވާހަކަފުޅުގައި، މިހާރުގެ ސިޔާސީ މަޝްރަހުގައި ކުރީގެ ރައީސުންގެ ފަރާތުން ފެންނަމުންދާ މި އަމަލުތަކަކީ ވެރިކަމުގެ ބޭނުމުގައި ކުރައްވާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ ކުރިން އެ ބޭފުޅުންގެ ވެރިކަމުގައި ހައްގުތައް ހަނިކޮށް، މީޑިއާތަކަށް ދަތިކޮށްފައިވާ ކަމަށް މަމްދޫހު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެ ބޭފުޅުން އުޅުއްވަނީ ހައްގެއް ގެއްލިގެން ނޫން ކަމަށާއި، ވެރިކަން ނުލިބުމުގެ ސަބަބުން އުފެދޭ ހާސްކަމުގެ ތެރެއިން ކުރައްވާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މެންބަރު މަމްދޫހު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކަންކަން ކުރިއަށްގެންދާ ހެޔޮ މިސްރާބާމެދު އިތުބާރު އޮތްކަން ހާމަކުރައްވާފައެވެ. އޭނާގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވާ ގޮތުން، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުން ބަލި ނުކުރެވޭނެކަން ޔަޤީންވުމުން، އިދިކޮޅު ފަރާތްތަކުން ހާސްވެފައިވާ ކަމަށެވެ. އަދި ޕީއެންސީގެ މިސަރުކާރުން ޤައުމު ހަމަމަގަށް އަޅުވައި، ރައްޔިތުން ބޭނުންވާ ހަމަޖެހުމާއި ތަރައްޤީއާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން މެންބަރު ވަނީ ދެއްވާފައެވެ.

ޤައުމީ މަސްލަހަތު ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މެންބަރު މަމްދޫހު ވިދާޅުވީ، މިހާރު ކުރީގެ ރައީސުންގެ ފަރާތުން ފެންނަމުންދަނީ ޤައުމު ހަލަބޮލިކޮށް، ސަރުކާރަށާއި ރައްޔިތުންނަށް ދަތިކުރުމުގެ މަސައްކަތް ކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީ މަޑުޖެހި، ރައްޔިތުން ބޭނުންވާ ހަމަޖެހުމާއި ރައްކާތެރިކަން ނެތިދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު