މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުޙައްމަދު ރިޔާޒު، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ހަތަރު ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީކާއިލްގެ އިތުރުން މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ:

މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިލްވާން ޢަލީ

އިޝްތިހާރު އިޝްތިހާރު

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އައިޝަތު ހަނާ

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ

ކައުންސިލުން ޑެޕިއުޓީ މޭޔަރުކަމަށް މީކާއިލް ކަނޑައެޅީ ކައުންސިލަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. އޭނާ ވަނީ 7 ވޯޓު ހޯއްދަވާފައެވެ. އެންމެ ގާތުން ވާދަކުރެއްވި ޒަހިއްޔާއަށް ލިބިވަޑައިގަތީ 5 ވޯޓެވެ. އަދި ރިލްވާނާއި ހަނާއަށް ކޮންމެ ބޭފުޅަކަށް 2 ވޯޓު ލިބިވަޑައިގަތެވެ.

މީކާއިލް ޑެޕިއުޓީ މޭޔަރުކަމަށް އިންތިޚާބުވީ އަލަށް ހުވާކުރި ކައުންސިލްގެ ފުރަތަމަ ޖަލްސާގައި މިއަދު މެންދުރުފަހުއެވެ. މި ދައުރުގެ ކައުންސިލްގައި ޕީއެންސީގެ ދެ ކައުންސިލަރުން ހިމެނެއެވެ؛ އެއްވެސް ބޭފުޅަކު މި މަގާމަށް ވާދަކުރައްވާފައެއް ނުވެއެވެ.

މޭޔަރާއެކު، މާލޭ ސިޓީ ކައުންސިލްގައި މިހާރު 18 ކައުންސިލަރުން ތިއްބަވައެވެ. އޭގެ ތެރެއިން 16 ކައުންސިލަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. އަދި 2 ކައުންސިލަރުން ތަމްސީލުކުރައްވަނީ ޕީއެންސީއެވެ.