ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ބޭނުމަކީ ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ޒުވާނުން ހެދުން: ވަޒީރު ޙަސަން

minister Hassan
STO_Ads
TTH_Ads
Advertisement

ދިވެހި ވަޠަނީ ޚިދުމަތުގެ ބޭނުމަކީ ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ޒުވާނުން ހެދުން ކަމަށާއި މުޖްތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދީ، “ދިވެހި ވަޠަނީ ޚިދުމަތް” ޕްރޮގްރާމުގެ ތެރެއިން ދަސްވި ކަންކަމުގެ ފުރިހަމަ ބޭނުން ހިފުމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ގޮވާލައްވައިފިއެވެ. ވަޒީރު މިފަދައިން ގޮވާލެއްވީ ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމު އިޢުލާންކުރެއްވިއިރު، އެންމެ ބޮޑު މަޤްޞަދަކީ ދަރިވަރުން ތަރުބިއްޔަތުކޮށް، ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުން ކަމަށެވެ. އަދި ފުރަތަމަ ބެޗުގެ ދަރިވަރުން އެމަގުން ކުރިއަށްދާ ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅުގެ އިޚްލާޞްތެރިކަން ހާމަވާ ކަމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަކީ ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި 350 ދަރިވަރުންގެ އިތުރު ދެ ބެޗެއްގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ޕްރޮގްރާމުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވަޒީރު ވިދާޅުވީ، މުޖްތަމަޢުގައި އެންމެންގެ ދިރިއުޅުމުގެ ޙާލަތު އެއްގޮތް ނުވި ނަމަވެސް، އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބެލެނިވެރިންގެ އުއްމީދުތަކުގައި ދެމިތިބުމަށް ދަރިވަރުންނަށް ނަޞޭޙަތްތެރިވެލެއްވިއެވެ.

މުޖްތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދިނުން މުހިންމު. ލިބުނު ތަމްރީނުތަކުގެ ބޭނުން ހިފަން ވާނެ. އަޅުގަނޑު އެދެނީ ހުރިހާ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް، ވަޒީރު

މި ޕްރޮގްރާމުގެ ތެރެއިން ދީނީ، ޢިލްމީ އަދި ޖިސްމާނީ ގޮތުން ގިނަ ހުނަރުތަކެއް ދަސްކޮށްދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ނަމާދަށް ފަރުވާތެރިވުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި، ގޭތެރޭގެ ޒިންމާތައް އުފުލުމަށް ބޭނުންވާ މުހިންމު އުކުޅުތައް ހިމެނެއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އިޓަލީ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް ވަކިވެދިޔަ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަނދާން އައުކުރައްވަމުންނެވެ. ވަޒީރު ވިދާޅުވީ މަހުދީއަކީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ ހިތްވަރުގަދަ ނަމޫނާ ސަޚުޞިއްޔަތެއް ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ތަމްރީނުތައް ނިންމި ދަރިވަރުންނަށް ރައީސްގެ މަރުހަބާ

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗް ތަމްރީނު ނިންމައި ދަރިވަރުން ދަސްވެނިވެއްޖެ

majilis

ވަޠަނީ ޚިދުމަތަށް ޚާއްޞަ ބިލެއް ސަރުކާރުން ހުށަހަޅުއްވައިފި

ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީން އިފްތިތާހުކޮށްފި