ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރަތަމަ 4 މަހު ބީއެމްއެލުން 71 މިލިޔަން ޑޮލަރު ދޫކުރި

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
STO_Ads
Advertisement

މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ވިއްކާފައިވާ އަދަދަށް ބަލާއިރު، މަހަކަށް އެވްރެޖްކޮށް 74 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ. މިއީ، މިދިޔަ އަހަރުގެ މިދިޔަ އަހަރު އެވްރެޖްކޮށް ވިއްކި އަދަދަށް ވުރެ މަހަކަށް ބަލާއިރު 27 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

“ޑިޕޮސިޓްތަކުގެ ތެރެއިންވެސް ގާތްގަނޑަކަށް %46 އަކީ، ޑޮލަރު ޑިޕޮސިޓް. ބޭންކުގައި ނެތް އެއްވެސް ކަހަލަ އެކްސްޓާނަލް ބޮރޯވިންއެއް މިވަގުތު. މުޅި ލޯނު ޕޯޓްފޯލިއޯގެ %45 އާއި، %50 އާއި ދެމެދުގައި މިހުރީ ލޯނުވެސް ހަމަ ޑޮލަރު ލޯނު. ލޯނު ދޫކުރެވިފައިވާ ނިސްބަތް ޑިޕޮސިޓާއި އަޅާބަލާއިރުގައި ޑިޕޮސިޓް ރޭޝިއޯއަކީ، ގާތްގަނޑަކަށް %68. އެހެންވީމަ މިދެންނެވީ ކަސްޓަމަރުންގެ ޑިޕޮސިޓް. ޑޮލަރުން ބަހައްޓާފައި ހުރި ޑިޕޮސިޓް ބޭންކުގައި އެބަހުރި. އެ ޑިޕޮސިޓް އަޅުގަނޑުމެން އެންމެ ބޮޑަށް އިންވެސްޓްކުރެވިފައި މިހުރީ، ކަސްޓަމަރުންނަށް ލޯނު ދޫކުރުމަށް. ގިނައިން ހަމަ ޓޫރިޒަމް ސެކްޓަރއަށް.” ސީއީއޯ

ބީއެމްއެލްއިން ދާދިފަހުން ވަނީ، އެ ބޭންކުން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޑޮލަރު ވިއްކާ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަށް ލިބޭ ޑޮލަރުގެ މިންވަރު ޒަރޫރީ ބޭނުންތަކަށް ދަތިނުވާނެހެން މެނޭޖް ކުރަމުންދާ ކަމަށެވެ. ބޭންކުގެ ޑޮލަރު ލިކުއިޑިޓީ ދަށްކަމަށްބުނެ ދެކެވެމުންދާ ވާހަކައަކީ، ހަޤީގަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ބޭންކަށް ޑޮލަރު ގަންނަން ލިބޭ ނިސްބަތާއި، ބޭންކުގެ ޑޮލަރު ލިކުއިޑިޓީއަކީ މުޅިން ތަފާތު 2 ކަމެއްކަމަށް ސީއީއޯ ވިދާޅުވިއެވެ. ރާއްޖޭގެ ބޭންކުތަކުގެ ޑިޕޮސިޓްތަކަށް ބަލާލާއިރު، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޑިޕޮސިޓް ހުރީ ބީއެމްއެލްގައެވެ. އަދި ލޯނުތަކަށް ބަލާލާއިރުވެސް ގިނަ ލޯނުތައް ދޫކޮށްފައި ހުރީވެސް ބީއެމްއެލްއިން ކަމަށް އޭނާ ވިދާޅުވިއެވެ.

2025 ވަނަ އަހަރު ބޭންކް މެދުވެރިކޮށް ރާއްޖެއަށް 3.7 ބިލިޔަން ޑޮލަރު ގެނެވުނުއިރު، މިއީ ދުވާލަކަށް 10 މިލިޔަން ޑޮލަރުކަން ފާހަގަކުރެއްވިއެވެ. އަދި އެ އަހަރު ބޭންކު މެދުވެރިކޮށް 3.3 ބިލިޔަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވުނު ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސައީދު ވަނީ، އެ ބޭންކުން ޑޮލަރު ދޫކުރަމުންދާ ގޮތް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް ބީއެމްއެލްއިން ދޫކޮށްފައިވާ ޑޮލަރުގެ އަދަދު މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އިތުރުވެފައިވާ ކަމަށެވެ.

“2025 އާއި 2026 ގެ ތަފާސްހިސާބުތަކަށް އަޅާކިޔާއިރު ފުރަތަމަ 4 މަސްދުވަހު 2025 ވަނަ އަހަރު އަޅުގަނޑުމެންނަށް ކާޑާއި ޓީޓީއަށް މަހެއްގެ މައްޗަށް ދޫކުރެވިފައި އޮތީ 47 މިލިޔަން ޑޮލަރު. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ 4 މަސް ދުވަހަށް ބަލާލާއިރު 74 މިލިޔަން ޑޮލަރު. މާނައަކީ ހަމަ އަޅުގަނޑުމެން މި އަންނަނީ، އަޅުގަނޑުމެން ޑޮލަރު ވިއްކާ އަދަދުތައް އިތުރުކުރަމުންނޭ. ވީހާވެސް ގިނަ ކަސްޓަމަރުންނަށް ޑޮލަރު ވިއްކަމުންނޭ.” ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ދަނީ، ރާއްޖެއިން ބޭރުގައި ރުފިޔާ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެޝިންތަކުގައި ބޭނުންކުރުމަށް ކަސްޓަމަރުންނަށް 1000 ޑޮލަރު ދޫކުރަމުންނެވެ. އަދި ރާއްޖޭގައި ތިބެގެން ފްލައިޓް ޓިކެޓް ގަތުމާއި، ބޭސްފަރުވާއާއި އަދި އެކޮމޮޑޭޝަން ފަދަ ކަންކަމަށް ރުފިޔާ ޑެބިޓްކާޑުތަކަށް 3000 ޑޮލަރު ދޫކުރެއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް 2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ބޭންކުން އަންނަނީ، ކޮންމެ ދަރިވަރަކަށް އެ ދަރިވަރެއްގެ ކާޑަށް 1200 ޑޮލަރުގެ ލިމިޓެއް ދެމުންނެވެ. އެންމެ ފަހުން އެ ބޭންކުން ގެނައި ބަދަލާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހުރެ ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަމުން އަންނަ 18 އަހަރު ނުފުރޭ ދަރިވަރުންނަށް ވަނީ، 1200 ޑޮލަރުގެ ލިމިޓަކާއިއެކު ސްޓޫޑެންޓް ކާޑެއް ދޭން ނިންމާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 07 22 at 11.32.22

ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

WhatsApp Image 2026 07 21 at 10.03.10

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

988

ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި

Igmh

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ކިޔަވާ ލޯނެއް ތަޢާރަފުކޮށްފި