ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދ. މީދޫ ކައުންސިލްގެ ރައީސް ކަނޑައެޅުމަށް އަލުން ވޯޓު ނަގަން ޖެހިއްޖެ

Igmh
TTH_Ads
STO_Ads
Advertisement

ހައިކޯޓުން ހުކުމް ކުރިގޮތުން ދ. މީދޫ ކައުންސިލްގެ ރައީސް ކަނޑައެޅުމަށް އަލުން ވޯޓު ނަގަން ޖެހިއްޖެއެވެ.

މިއީ އިލެކްޝަންސް ކޮމިޝަނުން ކުރިން ބާތިލުކުރި ވޯޓު ކަރުދާހެއް ސައްހަކަމަށް ހައި ކޯޓުން ކަނޑައެޅުމާ ގުޅިގެން މެދުވެރިވި ހާލަތެކެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާންކުރި ނަތީޖާ ދައްކާގޮތުން، 393 ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ.

HajjCop_ads
Advertisement

މި އިންތިޚާބާ ގުޅޭގޮތުން އެމްޑީއޭ އިން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެއެވެ. ހަމައެއާއެކު، ޝާހިދުގެ ވޯޓެއް ބާތިލުކަމަށް ބުނެ ސުހާ ވެސް ޝަކުވާ ހުށަހެޅުއްވިއެވެ. ތަހުގީގަށްފަހު ކޮމިޝަނުން ނަތީޖާ ބަދަލުކޮށް، ޝާހިދު މޮޅުވިކަމަށް އިއުލާންކުރި އެވެ. ނަމަވެސް، ސުހާގެ ވޯޓު ކަރުދާހެއްގައި ފާހަގައެއް ހުރިކަމަށް ބުނެ ބާތިލުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވިއެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ސުހާގެ ވޯޓު ކަރުދާހުގައި ހުރި ފާހަގައަކީ ސައްހަ ވޯޓެއް ކަމަށެވެ. ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއު ހިމެނޭ ބެންޗުން މިގޮތަށް ނިންމުމުން ދެ ކެންޑިޑޭޓުންގެ ވޯޓު 392 އިން އެއްވަރުވީ އެވެ. މި ހާލަތުގައި ގާނޫނު ބުނާގޮތުން އަލުން ވޯޓު ނަގަން ޖެހެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

88887

ސީލައިފްގެ އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލްވެއްޖެ

ރައީސްގެ ދެކަނބަލުންނަށް ދ.މީދޫއިން ހޫނު މަރުޙަބާއެއް

މީދޫ ކައުންސިލުގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓު ސުހާ ކާމިޔާބުކުރައްވައިފި