ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

Big tkaqua9heab6zthfms1rjk8sd
ހައިކޯޓު — ފޮޓޯ: ޕީއެސްއެމް
STO_Ads
TTH_Ads
Advertisement

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ވޯޓުގެ ނަތީޖާ އަލުން ގުނުމަށްފަހު، އެ ގޮނޑި ޕީއެންސީއަށް ގެއްލުމާ ގުޅިގެން އެ ޕާޓީން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާނުކުރި ވަގުތީ ނަތީޖާ ދެއްކި ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް ލިބުނީ 393 ވޯޓެވެ. އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. ވޯޓު އަލުން ގުނުމަށްފަހު އިއްޔެ އިއުލާނުކުރި ރަސްމީ ނަތީޖާގައިވާ ގޮތުން، އެމްޑީއޭގެ ޝާހިދަށް 392 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ސުހާއަށް ލިބިފައިވަނީ 391 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އިބްރާހީމް ނަސީމަށް ލިބުނީ 100 ވޯޓެވެ.

ލ. ފޮނަދޫގައި ހުރި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ލިބިގެންނުވާ މީހަކު ވޯޓުލާފައިވާކަން ފާހަގަވުމުން އެމްޑީއޭ އިން ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ކޮމިޝަނުގެ ޝަކުވާ ބަލާ ބިއުރޯއިން ނިންމީ އެ ވޯޓަކީ ބާތިލު ވޯޓެއް ކަމަށާއި، އެ ވޯޓު އުނިކޮށް އަލުން ގުނުމަށެވެ. މި ނިންމުމާއެކު ވޯޓު އަލުން ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓް އެއް ވޯޓުގެ ތަފާތުން ކުރި ހޯދިއެވެ.

HajjCop_ads
Advertisement

އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން، ރަސްމީ ނަތީޖާ އިއުލާނުކުރާތާ 14 ދުވަހުގެ ތެރޭގައި އެ ނަތީޖާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ. ޕީއެންސީން މިހާރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް، ކޯޓުން އެ މައްސަލަ ރަސްމީކޮށް ރަޖިސްޓްރީ ކުރިކަން އަދި ސާފެއް ނުވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ މައްސަލައިގެ އަޑުއެހުން މާދަމާ ފަށަނީ

8u

ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގައި އޮތް މައްސަލައަށް އެމްޑީއޭގެ ކެންޑިޑޭޓް ދަތައްޚުލްވެއްޖެ

high court

ކައުންސިލް އިންތިޚާބާ ގުޅޭ 2 މައްސަލައެއް ހައިކޯޓުން ބަލައި ނުގަތް

Ui

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޖަމީލް އައްޔަން ކުރަން ނިންމައިފި