އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މިއަދު އިރުއޮއްސި 18:00 އަށް މޫސުން ލަފާގޮތަށް ބަލާއިރު ހުޅަނގާއި ހުޅަނގުއުތުރުން އުތުރުގެ އަތޮޅުތަކުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގު ދެކުނާ ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 45 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މެޓުން ވިދާޅުވީ، ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އިސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުރުން އެކަށީގެންވާ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފާރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.