ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަަލަށް ނުދިޔުމަށް އިލްތިމާސްކޮށްފި

Igmh
STO_Ads
TTH_Ads
Advertisement

މާލެ ސަރަހައްދުގައި މިދުވަސްވަރު ވަރަށް ބޮޑަށް ރޯގާ ފެތުރެމުންދާތީ، ކޮންމެހެން ދާންޖެހޭ މަޖުބޫރު ހާލަތެއްގައި މެނުވީ ހޮސްޕިޓަލްތަކަށް ނުދިއުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ން އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދުގައި ބަލި ފެތުރުން އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ދިއުން މަދުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހުން އައުމާއެކު ހަންގަނޑުގައި ބިހި ނެގުން ފަދަ އަލާމާތްތައް ފެންނަ ނަމަ، ލަސްނުކޮށް މާސްކު އަޅައިގެން ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބަލީގެ އަލާމާތްތައް ހުންނަ މީހުން ބަހާއި ފެރީ ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށްވެސް އައިޖީއެމްއެޗުންވަނީ އެދިފައެވެ. ބަލިތަކުން ދިފާއުވުމަށްޓަކައި ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ކުޑަކުދިންނަށް ދޭންޖެހޭ ގައުމީ ތާވަލުގެ ވެކްސިންތައް ހަމައަށް ފުރިހަމަކުރުމަށް އިލްތިމާސްކުރާކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

MMA_Ads
HajjCop_ads
Advertisement

އަދި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުންކޮށްގެން އަނގަޔާއި ނޭފަތް ނިވާކުރުމަކީ އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި، އެފަދަ ތަންތަނަށް ދާންޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަމިއްލައަށް ބޭސްކުރުމުގެ ބަދަލުގައި ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށާއި، މަދިރި އާލާވާ ފަދަ ތަންތަން ނައްތާލައި މާހައުލު ސާފުކޮށް ބެލެހެއްޓުމަށްވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖޭގައި ނެނޯ ނީޑަލް ބޭނުންކޮށްގެން ސާޖަރީތައް ކުރަން ފަށައިފި

Igmh

ކަރަންޓުގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި

Igmh

ކަރަންޓު ޖެހި ފިހުނު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

Igmh

ކަރަންޓު ޖެހި ފިހުނު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި