ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ބައިނަލްއަގްވާމީ ވިޔަފާރި ހަބަކަށް، “އައްޑޫ ރީޖަނަލް ފްރީ ޒޯން” އިފުތިތާހްކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ގާއިމްކުރި “އައްޑޫ ރީޖަނަލް ފްރީ ޒޯން” ރަސްމީކޮށް ހުޅުވައިފިއެވެ.

އައްޑޫ ހައި ސްކޫލްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާނެވެ.

އެ މަޝްރޫއު އިފްތިތާހްކުރުމާއެކު، އެމްޕީއެލްއިން ވަނީ އެ ފްރީ ޒޯންގައި ވިޔަފާރިކުރުމަށާއި މުދާ ރައްކާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ޖޫން 11 ގެ ނިޔަލަށް ހުޅުވާލާފައެވެ.

HajjCop_ads
Advertisement

އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށް، ބޭނުންވާ ބިމުގެ ތަފުސީލާއި ވިޔަފާރި ޕްލޭން ހިމެނޭ ގޮތަށް ފުރިހަމަ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން އައްޑޫއަކީ ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގައި ވަޒީފާގެ އާ ފުރުސަތުތައް އުފެދި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބި، މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

އެ މަޝްރޫއަށް ހިތަދޫ ޕޯޓް ސަރަހައްދުން 1.7 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 20,000 އަކަފުޓޫގެ ސަރަހައްދެއްގައި މިހާރު ދަނީ ފެންސް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ލައްމާން ވިދާޅުވީ، މިއީ އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ފްރީ ޒޯނަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، މިއީ ދުރުވިސްނުމާއެކު ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގެނެވޭ ބޮޑު ބަދަލެއްކަމަށް ލައްމާން ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ