ސިނަމާލެ ބްރިޖު ހައިވޭގެ ޓްރެފިކް ލައިޓް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ މަގުގެ، އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިންނެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭގެ 22:12 ގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޕިކަޕެއްގެ ދަށުވެގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ ހާދިސާ ހިނގި ތަނުގައި ނިޔާވެފައެވެ. ނަމަވެސް، ލިބުނު އަނިޔާތަކުގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





ކިޔުންތެރިންގެ ހިޔާލު