ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލަށް ހޮވުނު ދެ މެމްބަރަކު ޕީއެންސީއަށް މިއަދު ސޮއިކޮށްފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގަތީ އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން އިންތިޚާބުވެވަޑައިގެންނެވި ދެ މެމްބަރަކެވެ. އެއީ އިންތިޚާބީ މެންބަރު މުހައްމަދު ފިރާގާއި އައިޝަތު ސަމާހަތުއެވެ. ސަމާހަތަކީ ހއ. އިހަވަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބުކުރި މެންބަރުވެސްމެއެވެ.

އިހަވަންދޫ ކައުންސިލު ފަސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެރަށު ކައުންސިލްގެ މެޖޯރިޓީ މިފަހަރު ލިބުނީ އެމްޑީޕީއަށެވެ.

އިހަވަންދޫ ކައުންސިލަށް ހޮވުނު ދެ މެމްބަރުންގެ އިތުރުން އެ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރި އަހްމަދު ސަބާހްވެސް މިއަދު ވަނީ ޕީއެންްސީއާ ގުޅިވަޑައިގެންފައެވެ.

އިޝްތިހާރު އިޝްތިހާރު