ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔާމީނަށް ޢަބްދުއްރަޙީމްގެ ހޫނު ރައްދެއް: ރަސްމާލެ މަޝްރޫޢު ލަސްތަކެއް ނުވެ ފެށޭނެ!

FotoJet
Maldivian_Ads
TTH_Ads
STO_Ads
Advertisement

މި ސަރުކާރުން ރާއްޖޭގައި ހިންގަން ތައްޔާރުވަމުން އަންނަ ބިޔަ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި “ޔަހޫދީ އާބާދީއެއް ގާއިމްކުރަން” ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޔާމީން ވަނީ އެ މަޝްރޫއު ދޫކޮށްލުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ގޮވާލައްވާފައެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ވަރަށް ވުރެ މާ ބޮޑަށް ތަސައްރަފު ފުދިފައި ތިބި އަދި މާ ހަރުދަނާ ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ ގައުމާ މެދު ވިސްނައި، ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅުން ރަސްމާލޭގެ މަޝްރޫއު ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ލަހެއް ނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ. އަދި މި މަޝްރޫއު ކުރިއަށް ދާނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން. މުސްތަގްބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބިގެންދާނެ.

އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އަމާޒުކުރައްވައި އަބްދުއްރަހީމް ވަނީ ގިނަ ސުވާލުތަކެއް ވެސް އުފައްދަވާފައެވެ. އެގޮތުން، ރަސްމާލެ މަޝްރޫއު ހުއްޓުވަން ޔާމީން ކުރައްވާ މަސައްކަތްޕުޅާއި، އެ މަނިކުފާނުގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއު ހުއްޓުވަން އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ކުރި މަސައްކަތާ ހުރި ތަފާތަކީ ކޮބައިތޯ އަބްދުއްރަހީމް އެެއްސެވިއެވެ. އަދި އޭރު ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި މިހާރު ދައްކަވާ ވާހަކަފުޅުތައް ދިމާވަނީ ކިހާވަރަކަށްތޯ ވެސް އޭނާ އެއްސެވިއެވެ.

 

އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީ ކަމަށް. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރު ވެވެނީ ގައުމާއި ރައްޔިތުންނަށް ނޫންތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ؟

ޔާމީނަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ އެންމެ ބޮޑަށް ދެކޮޅު ހައްދަވައި، އެ މަޝްރޫއާ ގުޅުވައިގެން އެންމެ ގިނަ ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް ޔާމީނެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް، ސޯލިހުގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ މައުލޫމާތުތައް ސަރުކާރުން ހާމަނުކުރާ މައްސަލައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

449662 3 53fd565af92887910123f3d7abaa218cc8c028bc

ރަސްމާލެ މަޝްރޫޢުން ދިވެހިންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ

77

ރަސްމާލެ މަޝްރޫއާއެކު ބޮޑު މުސާރައާ އެކު ދާއިމީ 18،000 ވަޒީފާ ދިވެހީންނަށް ލިބޭނެ: އަލައްބާރު

88887

ހުޅުމާލޭގައި ތަރައްޤީކުރާ 5،000 ހައުސިން ޔުނިޓުގެ ކޮންސެޕްޓް ޑިޒައިންތައް ޢާންމުކޮށްފި

43

ރަސްމާލެ މަޝްރޫއާއެކު ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ: އަލައްބާރު