ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިއާ ވިލެޖްގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު އިހްސާން ބައްލަވާލައްވައިފި

43
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސަރުކާރުން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރު އަލީ އިޙްސާން ބައްލަވައިލައްވައިފިއެވެ.

ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ މީޑިއާ ވިލެޖު ތަރައްޤީކުރަމުންދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ތަރައްޤީކުރި ސިޓީ ހޮޓެލް އިމާރާތުގައެވެ. އެ އިމާރާތުގައި މީޑިއާ ވިލެޖް ހެދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

އަންނަ މަހަށް މި ތަނުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު މިނިސްޓަރު އަލީ އިޙްސާން ވަނީ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވާފައެވެ. މިނިސްޓަރު ވަނީ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވާ، މަޝްރޫއު ހިންގާ ފަރާތްތާކާއި ބައްދަލުކުރައްވާ، މަސައްކަތްތައް ކުރިއަށްދާ މިންވަރު އޮޅުންފިލުއްވަވާފައެވެ.

HajjCop_ads
Advertisement

މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ބޮޑު ކުލީގައި ހިފަންޖެހުމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، “މީޑިއާ ވިލެޖް” ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988(1)

ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 12 ބިދޭސީއެއްގެ މައްސަލަ ދަނީ ތަޙްޤީޤްކުރަމުން: އިޙްސާން

Igmh

ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ މިނިސްޓަރު އިޙްސާން އަދި ސީޕީ ބައްދަލުކުރައްވައިފި

90

ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް ކުރިއަށްވުރެ މާފުޅާވެއްޖެ: ވަޒީރު އިޙްސާން

Ihsaan

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ‘މައި ކެރިއަރ ޕޯޓަލް’ އިފްތިތާޙުކޮށްފި