ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާ އިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން މިއަދު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން އިންޑިއާއިން ޖުމްލަ 150 މިލިއަން ޑޮލަރުގެ ލޯނު އެކި ދުވަސްމަތިން ނަގާފައިވާ ކަމަށެވެ. އޭގެތެރެއިން 50 މިލިއަން ޑޮލަރު 2024 ވަނަ އަހަރު ވެސް ދައްކާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އިތުރު 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުމުން ބާކީ އަދި 50 މިލިއަން ޑޮލަރުގެ އެއް ލޯނު އެބައޮތް ކަމަށެވެ. އެ ލޯނު 17 ސެޕްޓެމްބަރުގައި ދައްކައި ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ރައްޔިތުން ދަރަނީގެ ދަންތުރައެއްގައި ޖެއްސި ކަމަށާއި އެ ދަންތުރައިން ރައްޔިތުން ސަލާމަތްކުރާނެ ކަމަށެވެ.
އިންޑިއާއަށް ދައްކަންޖެހިފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކެއް ވެސް މި ސަރުކާރުން މި އަހަރުގެ ތެރޭގައި ދެއްކިއެވެ.





ކިޔުންތެރިންގެ ހިޔާލު