ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ޙިކުމަތްތެރިވާންޖެހޭ: ފޮރިން މިނިސްޓްރީ

Foreign ministry
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޤައުމީ މަސްލަޙަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ މައްސަލަތަކުގައި ވާހަކަދައްކާއިރު ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިކަމަށް ގޮވާލާފައިވަނީ، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅުވައިގެން ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަޙަތު އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ “މޯލްޑިވްސް ފަސްޓް” ސިޔާސަތު ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖެއިން އަބަދުވެސް އިސްކަންދެނީ ތަރައްޤީގެ ބައިވެރިންނާއި އެހެނިހެން ޤައުމުތަކާއެކު އިޙްތިރާމާއި މަސްލަޙަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ބޭއްވުމަށެވެ. މީގެ އިތުރުން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކާއެކު އޮންނަ އެއްބާރުލުން ވަރުގަދަކުރާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

HajjCop_ads
Advertisement

ނަމަވެސް، ދައުލަތުގެ މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ޚާރިޖީ ސިޔާސަތާއި ސަރަޙައްދީ ސަލާމަތާ ގުޅޭގޮތުން ފާޅުކުރައްވާ ޚިޔާލުތަކުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެކަމަށް މިނިސްޓްރީން ވަނީ އިންޒާރުދީފައެވެ. އެހެންކަމުން، ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަން ކުރިއަރުވައި މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރާ ފަދަ ވާހަކަތަކަކަށް ހެދުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ކަރާމާތާއި މަސްލަޙަތު ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް ވަނީ ދީފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Foreign ministry

ސަޢުދީއަށް ޙޫޘީ ހަނގުރާމަވެރިން ދިން ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

Foreign ministry

ފަލަސްޠީނުގެ ބިންތަކުން ރައްޔިތުން ނެރުމަށް ޔަހޫދީންކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

Foreign ministry

ނޭޕާލްގައި ކާރިސާ ހިނގި ސަރަހައްދުގައި ދިވެއްސަކު ހުރިކަމުގެ ރިޕޯޓެއް ނެތް: ޚާރިޖީ ވުޒާރާ

MNDF

ގެއްލުނު ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީތެރިކަން ހޯދަނީ