ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ މައްސަލައިގެ އަޑުއެހުން މާދަމާ ފަށަނީ

43
TTH_Ads
STO_Ads
Advertisement

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މާދަމާ މެންދުރުފަހު ހައިކޯޓުގައި ފެށުމަށް ތާވަލްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާނުކުރި ވަގުތީ ނަތީޖާ ދެއްކި ގޮތުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް ލިބުނީ 393 ވޯޓެވެ. އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

ލ. ފޮނަދޫގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ފާހަގަވުމުން އެމްޑީއޭ އިން ޝަކުވާ ހުށަހެޅިއެވެ. އަދި ޕީއެންސީގެ ފަރާތުން ވެސް ވަނީ ވޯޓު އަލުން ގުނުމަށް އެދިފައެވެ.

HajjCop_ads
MMA_Ads
Advertisement

ވޯޓު އަލުން ގުނުމަށްފަހު އިއުލާނުކުރި ރަސްމީ ނަތީޖާގައި ސުހާއަށް ލިބުނީ 391 ވޯޓެވެ. ޝާހިދަށް 392 ވޯޓު ލިބުމާއެކު، އިންތިޚާބު ކާމިޔާބުކުރީ ޝާހިދު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަމިއްލަ ކެންޑިޑޭޓް އިބްރާހީމް ނަސީމަށް ލިބުނީ 100 ވޯޓެވެ. ކޯޓު މަރުހަލާސުހާގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ރަސްމީ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެންނެވެ.

މި މައްސަލައިގެ ތެރެއަށް ވަނުމަށް އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ހުށަހެޅި ހުށަހެޅުން ހައިކޯޓުން ވަނީ ބަލައިގެންފައެވެ.

މައްސަލަ ބައްލަވަނީ ފަނޑިޔާރު އިސްމާޢީލް ޝަފީޢު، އިސް ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ޙަސަން ޝަފީޢުއެވެ. ގާނޫނީ އޮނިގަނޑުގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިންތިޚާބެއްގެ ނަތީޖާއާ މެދު ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާ ބުނާގޮތުން، އިންތިޚާބީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިޞާޞް އޮންނަނީ ހައިކޯޓަށެވެ. އަދި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެއެވެ.

ގާނޫނުގައިވާ ގޮތުން ރަސްމީ ނަތީޖާ އިއުލާނުކުރާތާ 14 ދުވަހުގެ ތެރޭގައި އިންތިޚާބީ މައްސަލަތައް ކޯޓަށް ހުށަހަޅަންޖެހެއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big tkaqua9heab6zthfms1rjk8sd

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Io

ޝާހިލްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި

43

ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި

43

ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި