ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނަކު އެއް ޖިންސުން ރަމްޒީ ކައިވެންޏެއް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެއް ޖިންސުން ކައިވެނިކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުން ހުއްދަކުރާ ކަމަކަށް ނުވާތީ، މީސްމީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށްވެފައި، ދީނީ އަދި ޝަރުޢީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި އާންމު އިޖުތިމާޢީ އަދި އަޚުލާޤީ މިންގަނޑުތަކާ ޚިލާފު އެފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ ޢަމަލުތައް ހިންގިޔަ ނުދިނުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި އެފަދަ ޢަމަލެއް ހިންގައިފިނަމަ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން މި މައްސަލަ ބަލަން ފަށާފައިވަނީ، ރާއްޖޭގެ ރިސޯޓެއް ކަމަށް ބުނާ ރަށެއްގައި ދެ ފިރިހެނެއްގެ ރަމްޒީ ކައިވެންޏެއް ބާއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.