ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޑަލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

43
TTH_Ads
STO_Ads
Advertisement

ކުރިއަށް އޮތް ހޫނު މޫސުމާ ދިމާކޮށް، ސްވިޒަލޭންޑުގެ އޭޑަލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނީ ޖުލައި 4 އިން ސެޕްޓެމްބަރު 13 ގެ ނިޔަލަށް ދަތުރުތައް އިތުރުކުރަން އެ އެއާލައިނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު ދަތުރުތައް ބާއްވާނެއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 21 އިތުރު ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އޭޑަލްވައިސް އެއާއަކީ ސްވިޒަލޭންޑުގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 4 ނޮވެމްބަރު 2000 ގައެވެ. މިއަހަރަކީ އެ އެއަރލައިނުން ރާއްޖެއަށް ޚިދުމަތް ދޭތާ 25 އަހަރު ފުރޭ އަހަރެވެ.

HajjCop_ads
Advertisement

އިންޑަސްޓްރީގެ މާހިރުން ދެކޭގޮތުގައި، ދަތުރުތައް އިތުރުކުރުމަށް ނިންމި މި ނިންމުމަކީ ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖެއަށް އޮތް މަގުބޫލުކަމާއި ޑިމާންޑް އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތަށް ލިބުނު އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރައިފި

ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

988

މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަރުވާދިނުމުގެ ތެރޭގައި ފަތުރުވެރިއެއްގެ ފައި ފުރިކޮށްލައިފި