ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބޭރުގެ ފަންޑާއެކު އަޅަން ހަމަޖެހިފައިވާ އެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

އެ ހޮސްޕިޓަލުން ދޭނެ ޚިދުމަތްތަކުގެ ޚިދުމަތްތަކުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމާއި އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލެ ހޮސްޕިޓަލްގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.