ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚާއްޞަ އަގުގައި މިހާތަނަށް މަސްވެރިންނަށް 1.1 މިލިއަން ލީޓަރުގެ ތެޔޮ ފޯރުކޮށްދެވިއްޖެ: ޝިޔާމް

DSC
TTH_Ads
Maldivian_Ads
STO_Ads
Advertisement

މަސްވެރިންނަށް ޚާއްސަ އަގެއްގައި މިހާތަނަށް 1.1 މިލިޔަން ލީޓަރު ތެޔޮ ފޯރުކޮށްދީފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އުފައްދަވާފައިވާ ޚާއްޞަ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ހަނގުރާމައިގެ މި ދަތި ހާލަތުގައިވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުން ހިމެނޭ ކަމަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު ދޫކުރަމުންދާ ކަމަށެވެ. 50 ފޫޓާއި، 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، މިހާތަނަށް 958 ދޯންޏަކަށް 1.1 މިލިޔަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާ ކަމަށެވެ.

HajjCop_ads
Advertisement

958 ދޯންޏަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު މި ދޯނިތަކަށް ތެޔޮ ދޫކުރާ ތަންތަނުން ތެޔޮ ލިބިގަންނާނެ. 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ލީޓަރަށްވުރެ ގިނަ ތެޔޮ މި ހާލަތުގައި ދޯނިތަކަށް ދީފިން.

އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ، ކޫއްޑޫއިންނެވެ. އެއީ، 583،220 ލީޓަރުގެ ތެލެވެ. އަދި މިފްކޯ އައްޑޫ ސެންޓަރުން 255،445 ލީޓަރުގެ ތެޔޮ، މިފްކޯ ހުޅުމާލެ ސެންޓަރުން 133،004 ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ. ހިންމަފުށި ސެންޓަރުން 62،251 ލީޓަރު އަދި ފެލިވަރު ސެންޓަރުން 72،710 ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

resorts

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި

410818 bb529946 1

މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިޞްލާޙުކުރަނީ

471601 6fc0382f 2

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭ: ރައީސް

Big GhhokSQJLn1KJ3kPmWSwfJxSp

މިހާތަނަށް 200އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފި: ތަރުޖަމާން