ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް އެއްކޮށް ދައްކައި ޚަލާސްކޮށްފިއެވެ.
ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ 3 ބަޔަކަށް ބަހާލައިގެން 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައިއެވެ. އޭރު މި ދަރަނިތައް ނަގާފައިވަނީ 2019 ވަނަ އަހަރު މާރިޗު މަހު 17 ވަނަ ދުވަހު 50 މިލިޔަން ޑޮލަރު، އެއަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު 17 މިލިޔަން ޑޮލަރު އަދި އޮކްޓޫބަރު 1 ވަނަ ދުވަހު 50 މިލިޔަން ޑޮލަރެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 2023 އާއި ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުން ކަމަށް މިއަހަރު މޭއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
މި ދަރަނި އަނބުރާ ދެއްކުމާއި ގުޅިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުންޏެވެ.

މާލީ ވުޒާރާއިން ބުނީ ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ސަރުކާރުން އަދާކުރަން ޖެހޭ ދަރަނިތައް ދަރަނި ދެއްކުމުގެ ބޭނުމަށް އިތުރު ދަރަންޏެއް ނެގުމަކާއި ނުލާ ދަނީ ދައްކާ ޚަލާސްކުރަމުންނެވެ. ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޖުމްލަ 1.3 ބިލިޔަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް މަހު 2 ވަނަ ދުވަހު ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް ހިމެނެއެވެ. މިއީ ރާއްޖެއިން މިއީ ރާއްޖެއިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ދަރަނި އެއްފަހަރާ ދައްކިފަހަރު ކަން ސަރުކާރުން ހާމަކުރެއެވެ.
މި ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނީގެ އަދަދު ނިމިދިޔަ 2 ސަރުކާރަށްވުރެ އިތުރު ކަމަށާއި، އެގޮތުން ރައީސް ޔަމީންގެ ސަރުކާރުގައި ފުރަތަމަ 2 އަހަރާއި ބައިގެ ތެރޭގައި އަނބުރާ ދައްކާފައިވަނީ 191 މިލިޔަން ޑޮލަރުކަމަށް ސަރުކާރުން ބުންޏެވެ. އަދި މިދިޔަ ރައީސް ސާލިހުގެ ސަރުކާރުގައި މިމުއްދަތުގައި ދައްކާފައިވަނީ 428 މިލިޔަން ޑޮލަރު ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން ވަނީ ދަރަނިތައް އަނބުރާ ދެއްކުމަށް ރިޒާވުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ބޭނުން ކުރަމުންދާކަމަށްވެސް ބުނެފައެވެ.
މާލީ ވުޒާރާއިން ބުނީ، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.
ސަރުކާރުން އަދާކުރަން ޖެހޭ ދަރަނިތައް ދަރަނި ދެއްކުމުގެ ބޭނުމަށް އިތުރު ދަރަންޏެއް ނެގުމަކާއި ނުލާ ދަނީ ދައްކާ ޚަލާސްކުރަމުންނެވެ. ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޖުމްލަ 1.3 ބިލިޔަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް މަހު 2 ވަނަ ދުވަހު ކުރީގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް ހިމެނެއެވެ. މިއީ ރާއްޖެއިން މިއީ ރާއްޖެއިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއްގެ ދަރަނި އެއްފަހަރާ ދައްކިފަހަރު ކަން ސަރުކާރުން ފާހަގަކުރެއެވެ.
ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނީގެ އަދަދު ނިމިދިޔަ 2 ސަރުކާރަށްވުރެ އިތުރު ކަމަށެވެ. އެގޮތުން ރައީސް ޔަމީންގެ ސަރުކާރުގައި ފުރަތަމަ 2 އަހަރާއި ބައިގެ ތެރޭގައި އަނބުރާ ދައްކާފައިވަނީ 191 މިލިޔަން ޑޮލަރެވެ. އަދި މިދިޔަ ރައީސް ސާލިހުގެ ސަރުކާރުގައި މިމުއްދަތުގައި ދައްކާފައިވަނީ 428 މިލިޔަން ޑޮލަރު ކަމަށް ސަރުކާރުން ބުންޏެވެ.










ކިޔުންތެރިންގެ ހިޔާލު