ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ބޮޑު އާމްދަނީއެއް އިމްޕޯޓު ޑިއުޓީން

finance ministry
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 27.9 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު 26.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %6.9 އިތުރު އަދަދެކެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ އާމްދަނީ އިތުރުވުމާއި، ބިމާއި މުދަލުގެ ޓެކުހުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުން ކަމަށް ރިޕޯޓުގައިވެއެވެ.

މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 21.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 19.9 ބިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު %9.2 އިތުރު އަދަދެކެވެ. ޓެކުހުގެ އާމްދަނީއަށް ބަލާއިރު މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 1.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %12.1 އިތުރު އަދަދެކެވެ.

HajjCop_ads
Advertisement

ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ %19.7 އިތުރުވެ 5.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ %6.1 އިތުރުވެ 2.8 ބިލިޔަން ރުފިޔާއަށް އަރާކަމަށްވެސް މާލީ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް ޖީއެސްޓީގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗަރޖާއި ޑިޕަރޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ %8.2 އިތުރުވެ 1.2 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުގައި މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށްވެސް %32 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މި އަދަދު ވަނީ 1.68 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.1 ބިލިޔަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު %88 އިތުރުވެ، 250.9 މިލިޔަން ރުފިޔާއިން 471.8 މިލިޔަން ރުފިޔާއަށް ވަނީ އުފުލިފައެވެ. މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 29.9 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަވި 25.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %17.5 އިތުރު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 26.1 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވީ 3.82 ބިލިޔަން ރުފިޔާއެވެ.

ތަފާސް ހިސާބުތަކުގައި  ވާގޮތުގައި ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށެވެ. އެގޮތުން މުސާރައާއި އުޖޫރައަށް ކުރި ހޭދަ 4.75 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ހޭދަވި 4.21 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %12.7 ގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ދައުލަތުގެ ކެޕިޓަލް ޚަރަދު ވަނީ 9.0 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ %44.6 އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 857.7 މިލިއަން ރުފިޔާއަށްވުރެ 382.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big cgiCfHA9nnm4jNikTlNX6ct8R

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ވިޔަފާރި ފަށަން ޚާއްޞަ ފަންޑެއް

minister Zareer

އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތަކަށް 18053 މުވައްޒަފުން ނެގި، މިސަރުކާރުގައި 4938

finance

އަހަރުގެ ފުރަތަމަ 6 މަސްދުވަހު ލޯނުތައް އަނބުރާ ދައްކަން 9.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

finance

ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް 3 މަސް ދުވަހުގެ މުހުލަތެއް