ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރަށް އަންދާޒާކުރި ޢަދަދަށް ހިލޭ އެހީ ލިބިއްޖެ

finance
TTH_Ads
STO_Ads
Advertisement

ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ހިލޭ އެހީ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަލުން ދައްކައިފިއެވެ.

ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 373.6 މިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ 4ވަނަ ދުވަހާއި ހަމައަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން އަންދާޒާއަށްވުރެ ލިބުނު ހިލޭ އެހީގެ އަދަދު ވަނީ 5.3 އިންސައްތަ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 128.7 މިލިޔަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީއާއި ޓެކްސްނޫން އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40.3 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާގެ ހަފްތާގެ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި، މިމަހުގެ މިހާތަނަށް 19 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %10 އިތުރުއަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 17.3 ބިލިޔަން ރުފިޔާއެވެ.

HajjCop_ads
MMA_Ads
Advertisement

މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫންމަހުގެ 4ގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Cabinet

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

ރާއްޖެ ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފި

އެމް.ބީ.އެސް ގެ ޗެއަރމަން ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

Qjboe

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާއަޅައިފި