ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި

resorts
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރިސޯޓުތަކުގެ ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން 10 ރިސޯޓު ތަރައްޤީކުރުމަށް ރަށްރަށް ކަނޑައަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޓޫރިޒަމް ސެކްޓަރއިން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އެހެންކަމުން ތަފާތުކުރުމެއްނެތި ކޮންމެ ދިވެއްސަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާއެއް އޮންނަ މީހެއްގެ ގޮތުގައި ހެއްދެވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށެވެ. އެހެންކަމުން 10 ރިސޯޓެއް ތަރައްޤީކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރައްވާ އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު މިކަން އޮތް ހިސާބަކީ، މާލެއަތޮޅާއި އެކިއަތޮޅުތަކުން ފަޅުތަކާއި ރަށްތަށް ކަނޑައަޅާ، މިހަފްތާގެ ތެރޭގައި ނިމި ދެން އަޅުގަނޑުމެން އޭގެ ދެންހުރި މަސައްކަތް ކުރިއަށްގެންދާނެ އިރާދަކުރެއްވިޔާ އުއްމީދަކީ ނޮވެންބަރު މަހުގެ ތެރޭގައި މީގެ ބައެއް މަސައްކަތްތައް އުފެދުން.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 10 ރިސޯޓުގެ ޝެއާ ހޯލްޑަރުންނަށް ދިވެހިން ހެދުމުގެ މަސައްކަތް 36 މަސް ދުވަހުގެ ތެރޭގައި ނިންމަވާ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކުރެއްވުމަށް އެމަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، ދިވެހިރާއްޖޭގެ ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންނަކީ ދިވެހިން ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް އެފަދަ އެސެޓުތަކުގެ ސީދާ އާމްދަނީއެއް ލިބޭނެ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން އާމްދަނީ ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަން ވަނީ ޢިއުލާންކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި، ޤާނޫނަކުން ކަނޑައަޅުއްވާނެ ކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަދި މިމަޝްރޫޢުން ސާފު ފައިދާ ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 2030 ވަނަ އަހަރުގެ ތެރޭގައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

410818 bb529946 1

މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިޞްލާޙުކުރަނީ

471601 6fc0382f 2

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭ: ރައީސް

Fahi flats

2028 ވަނަ އަހަރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް

dhiraagu

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދަނީ