ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނަން: ރައީސް

DSC
Maldivian_Ads
TTH_Ads
STO_Ads
Advertisement

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހާއި ތޮއްޑުއާ ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖެއިން ކޮންގްރެސް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ސިޓީތަކާއި ފެންނަ ނުފެންނަ ވޯޓުން ބޮޑު ނާކާމިޔާބީއެއް ވެސް ލިބުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ސަރުކާރުން ހުރިހާ ރަށަކަށް ހަމަހަމަ ކަމާއެކު ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށެވެ. އަދި ހުރިހާ ކައުންސިލްތަކަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

HajjCop_ads
Advertisement

DSC

އެއްވެސް ކައުންސިލަކުން ހުރަހެއް އަޅާނަމަ އެކަމެއް ރައްޔިތުންނަށް ސާފުކޮށްދެއްވައި، އެޅި ހުރަހެއް ނައްތާލައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގޮންގްރެސް ޕާޓީގެ ޓިކެޓްގައި އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުން ވެސް ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

DSC

ތޮއްޑޫ ދާއިރާގެ ތިން ރަށުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ވަނީ ހަވާވެސް އަރުވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް