ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ ދެމަފިރިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ އިމްރާން ޕާޝާއާއި އޭނާގެ އަންހެނުން، އުމުރުން 27 އަހަރުގެ ކްރިސް އެމްބްރޯސިއާއެވެ.
މި ދެމަފިރިންގެ މައްޗަށް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގްލްކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މީހުން ރާއްޖެ އައިއިރު ގެނައި ލަގެޖުން 2.4 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައިވާކަމަށް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެ މީހުންވެސް 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.