އިންޑިއާގެ ޓްރިވެންޑްރަމުން ގެއްލިގެން ހޯދަމުން އަންނަ މީހާ ފެނިފައިވާ ކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

ޓްރިވެންޑްރަމުން ގެއްލުނީ ރ. މީދޫ، އަތަމާގެ އަލީ އިބްރާހިމް (އައްޔަބެ) އެވެ.

އޭނާގެ ދަރިއަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އައްޔަބެގެ ހަބަރެއް އެންމެ ފަހުންވީ އިއްޔެ ފަތިހު 5:30 ހާއިރު ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އާއިލާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޔަބެ ވަނީ ފެނިފައެވެ. އަދި އައްޔަބެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

އައްޔަބެގެ އާއިލާއިން ވަނީ އޭނާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.