ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

Large 161337206156merw
ފުލުހުންގެ މައި އިދާރާ، ޝަހީދު އާދަމް ބިލްޑިން — ފޮޓޯ: ސަން
STO_Ads
TTH_Ads
Advertisement

މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މަރުވެފައި ވަނީ މ. ރޭއަލިވާގެ، އަޙްމަދު ނައުޝާދު41، އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މާލޭ ކަސްޓޯޑިއަލްގެ ގޮޅީގެ ތެރޭގައި އޭނާ ޚަބަރު ހުސްވެފައި އޮއްވާ ފެނިގެން، މިއަދު އިރުއޮއްސުނު ވަގުތު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

ބަންދުގައި ހުންނަ މީހަކު މަރުވުމުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ދަށުން، ފުލުހުން ވަނީ މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް). ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރު ތަހުގީގުތައް ފުލުހުން މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އޭނާ މަރުވި ސީދާ ސަބަބެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޑެއްލާއިން މީހަކު ހައްޔަރުކޮށްފި

ލިންކެއް މެދުވެރިކޮށް 50،000 ރުފިޔާ ސްކޭމްކޮށްގެން މީހަކު ހައްޔަރުކޮށްފި

ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ